އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ހޯދަން އީއޯއައި ހުށަހެޅުމަށް ހުޅުވާލައިފި
އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު 13 މެއި 2026 އިން ފެށިގެން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ސަރަހައްދުގައި މުދާ ރައްކާކުރުމާއި ފްރީ ޒޯނާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ.ދިވެހިރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އައްޑޫ ސިޓީގައި “ފްރީ ޒޯން” އެއް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ވަނީ ފަށާފައެވެ. […]





