ބޯހިޔާވަހިކަން އެންމެނަށް

ޙަބަރު

ބޯހިޔާވަހިކަން އެންމެންނަށް: ނޯޓިސްތަކަށް ޖަވާބުދާރީވާން ދިން މުއްދަތު އިތުރުކޮށްފި

“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަރުހަލާގައި ފޮނުވާފައިވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ. ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ގިނަ ފަރާތްތަކަކަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައްޔާއި ޖަވާބުދާރީވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީއިން ވަނީ މި މުއްދަތު އިތުރުކޮށްދީފައެވެ. ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގައި ހުރި މައްސަލަތައް އިސްލާހުކޮށް ޖަވާބުދާރީވުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އާންމުންނަށް […]

އަޕްޑޭޓު
ޙަބަރު

“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ރަސްމީކޮށް ފަށައިފިއެވެ. ހައުސިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި،ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު، އާންމުން ހުށަހަޅާފައިވާ މައުލޫމާތުތައް އަޅާކިޔާނީ ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ފޮނުވާފައިވާ ރަސްމީ ޑޭޓާތަކާއެވެ. މިގޮތަށް ބަލާއިރު އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއް ނުވަތަ ދިމާނުވުމެއް އުޅޭނަމަ، އެކަން ރަސްމީކޮށް […]

އަޕްޑޭޓު
ޙަބަރު

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1،000 އެފޯޑަބަލް ހައުސިންގ ޔުނިޓު (ފްލެޓް) ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މަޝްރޫޢު ހަވާލުކުރެވުނު ކުންފުނިތައް: މި މަޝްރޫޢުގެ ދަށުން ފްލެޓްތައް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ ތަޖުރިބާކާރު ކުންފުނިތަކާއެވެ. އޭގެ ތެރޭގައި ހިމެނެނީ: 1. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް 2. ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި […]

އަޕްޑޭޓު
ޙަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ބިން ހަވާލުކުރިކަމުގެ ލިޔުން “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ޑިޖިޓަލްކޮށް ލިބޭނެ އިންތިޒާމު ހައުސިންގް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުންތައް މިހާރު އޮންލައިންކޮށް ހޯދޭނެ ގޮތް ހަމަޖައްސައި، ކުރިން ބޭއްވި ފަދަ ޚާއްސަ ކޭމްޕްތައް ނިމުމަކަށް ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގެ ދަށުން “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އެޕޮއިންޓްމަންޓް ނުހަދާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ […]

ޙަބަރު

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ ރަސްމީ މަޢުލޫމާތާއި އެންމެ ފަހުގެ އަދާހަމަތައް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ހައުސިންގް މިނިސްޓްރީން 4 ވައިބަރ ކޮމިއުނިޓީއެއް ރަސްމީކޮށް އުފައްދައިފިއެވެ. ހައުސިން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި ކޮމިއުނިޓީތައް ބަހާލެވިފައިވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ޚާއްޞަކޮށްގެންނެވެ. މީގެ ތެރޭގައި “ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްޞަ 3 ކޮމިއުނިޓީއެއް ހިމެނެއެވެ. އުފެއްދި 4 ވައިބަރ ކޮމިއުނިޓީ: “ބިންވެރިޔާ ހުޅުމާލެ”: ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް. […]

ޙަބަރު

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަހަރުގެ ތެރޭގައި ސަރުކާރުން އިއުލާނުކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ދޫކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިއަށްގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުންދޭ ބޯހިޔާވަހިކަމަކީ، ވަކި މީހަކަށްވުމުން ދޭނެ އެއްޗެއް ނޫން ކަމަށެވެ. މީގެއިތުރުން ރައީސް ވިދާޅުވީ، ކުރީގައި […]

ޙަބަރު

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ރެކޯޑް އަދަދެއް ކަމަށްވާ 58,505 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ލިބިފައިވާ ޖުމްލަ އެޕްލިކޭޝަންތަކުގެ […]

އަޕްޑޭޓު
ޙަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އެހެނިހެން ޚިދުމަތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އިތުރު ލިޔުމެއް ހުށަހަޅަން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. މިގޮތުން ގެނެވުނު ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންހުށަަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ނިޒާމީ ބަދަލަކީ […]

ޙަބަރު

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢު “ބިންވެރިޔާ” ސްކީމްގެ ގަވާއިދަށް ގެނައި އިޞްލާޙުތަކާއެކު، އޭގެ ތިންވަނަ ގިންތި (ކެޓަގަރީ 3) އަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެންނެވި ބަދަލުތަކާއެކު، ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އާ އުސޫލުގެ ދަށުން ކެޓަގަރީ 3 އަށް ފުރުސަތު އޮތީ ބިންވެރިޔާ ސްކީމުން ކުރިން ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ […]

ތަރަައްގީ

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ. ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ […]

ބޯހިޔާވަހިކަން އެންމެނަށް — ހިރިޔާ