ބީއެމްއެލްގެ ޑިޕޮސިޓް ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ ފިނޭންސުން ދޮގުކޮށްފި
ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން 50 މިލިއަން ޑޮލަރުގެ ޓީ-ބިލެއް އަނބުރާ ދައްކާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ފިނޭންސުން ދޮގުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި ފައިސާ އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރަމުންދިޔަ ފައިސާ ބޭނުންކޮށްގެންނެވެ.މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު މުއްދަތު ހަމަވި މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ކަނޑައެޅިފައިވާ ތާރީހަށް ދައްކައި […]










