މަހަކު 60,000 ރުފިޔާ އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އާސަންދަ ފުރިހަމައަށް ނުލިބޭ ގޮތް ހަދަނީ
މަހެއްގެ މައްޗަށް 60,000 ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދައިގެ ފުރިހަމަ ކަވަރޭޖް ނުލިބޭ ގޮތް ހެދުމަށް ނިންމައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އާސަންދަ ދެމުންދަނީ އާމްދަނީ މަދުން ލިބޭ މީހުންނާއި ގިނައިން ލިބޭ މީހުންނަށް އެއްވެސް ތަފާތެއް ނެތި އެއް ހަމައެއްގައި ކަމަށެވެ. އަދި މިއީ މިކަން ކުރަން އެންމެ އެކަށީގެންވާ އަދި އިންސާފުވެރި ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު […]











