ޢަރަފާތާއި މުޒްދަލިފާގެ އަޅުކަން ނިމިއްޖެ؛ ދެން އޮތީ މިނާގައި ހިލައުކުން!
ހައްޖުގެ އެންމެ މުހިންމު އަދި އެންމެ މާތް އަޅުކަން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމާއި މުޒްދަލިފާގައި ރޭކުރުމުގެ އަޅުކަން، ދިވެހި ހުރިހާ ހައްޖުވެރިންވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1,019 ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅެވެ. ހައްޖުވެރިން މިހާރު ވަނީ މުޒްދަލިފާ ދޫކޮށް، އަނބުރާ މިނާއަށް ވާސިލްވެފައެވެ. މުޒްދަލިފާގެ އަޅުކަން ނިމުމާއެކު، ދެން ހައްޖުވެރިންނަށް އޮތީ ހައްޖުގެ އެންމެ ބޮޑު އެއް ޝިއާރު ކަމަށްވާ ޖަމްރާތަކަށް ހިލައުކުމުގެ […]


