ސިއްހީ ދާއިރާ

ޙަބަރު

މިއަހަރު ސިއްހީ ދާއިރާއަށް 2،000 އެއްހާ މުވައްޒަފުން ނަގަނީ!

ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އެ ދާއިރާއަށް 2،000 އެއްހާ މުވައްޒަފުން އިތުރަށް ނެގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ބާއްވާ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ އެ ހޮސްޕިޓަލާ ގުޅޭ ބައެއް ޝަކުވާތައް ރައީސްއާ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު، މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން […]

ޙަބަރު

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްމެ ފެންވަރު ރަނގަޅު ބޭސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) އާއެކު ސްޓޭޓްފާމާއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސްޓޭޓްފާމާއިން ހާމަކުރިގޮތުގައި، މިއީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ބޭސް ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.ސްޓޭޓްފާމާ އިން ބުނިގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ކުންފުނީގެ ބައިނަލްއަޤްވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުޙަލާތައް ހަރުދަނާވެގެންދާނެއެވެ. […]

ޙަބަރު

ޑިކަލް ދާއިރާއިން ކިޔެވުން ނިންމާ ދިވެހި ދަރިވަރުންނަށް (މެޑިކަލް ގްރެޖުއޭޓުން) ބޭނުންވާ މެޑިކަލް އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލްސްއާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މެޑިކަލް ދާއިރާއިން ކިޔެވުން ނިންމާ ދިވެހި ދަރިވަރުންނަށް ޢަމަލީ ތަމްރީނު (މެޑިކަލް އިންޓާންޝިޕް) ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލްސްއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.އެގޮތުން،މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކުވެސް […]