ތައުލީމީ

ޙަބަރު

ދަރިވަރުންގެ ކާމިޔާބީ އަކީ ހަމައެކަނި އިމްތިހާނުގެ ނަތީޖާއެއް ނޫން: ނައިބު ރައީސް

ހަރުދަނާ ތައުލީމީ ސިސްޓަމެއް ގާއިމްކުރުމަށްޓަކައި، ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގައި ހަމައެކަނި ބަލާ މިންގަނޑަކީ އިމްތިހާނުތަކުންލިބޭ ނަތީޖާއަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުވުމަށް ބޭއްވި ހާއް ކޮންފަރެންސެއްގެ ޝަރަފުވެރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނަކީ ސިނާއަތްތަކާއި، އީޖާދީ ވިސްނުންތަކާއި، ވިލުންތެރި އިގްތިސާދެއް ގާއިމްކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން […]

ޙަބަރު

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރަމުންދާ ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލައއްވައިފިއެވެ. އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން 12 ނޮވެމްބަރު 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ޢަރަބިއްޔާ ސްކޫލުގެ އައު ސައިޓަށް ރައީސް ކުރެއްވި މި ޒިޔާރަތުން އެމަނިކުފާނަށް މަރުޙަބާ […]

ޙަބަރު

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސް، ހުރިހާ މައިގަނޑު އިމްތިހާންތަކެއް ދަރިވަރުން އަމަލީ ގޮތުން ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް މަޖުބޫރުކޮށްފިއެވެ. އެގޮތުން، ގާނޫނީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ބާ ކައުންސިލުން ގެނައި މި ބަދަލާ އެކު، އޮންލައިންކޮށް ނުވަތަ ރިމޯޓްކޮށް ބާއްވާ އިމްތިހާންތައް ދެން ބަލައެއް ނުގަންނާނެއެވެ. މި އިސްލާހުތަކަކީ ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ ޝަރުތުތަކާއި ލޯ ޑިގްރީ ކޯސްތަކުގެ ފެންވަރު […]

ޙަބަރު

ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރުން ފައިނޭންސް ދިނުމަށް ނިންމައިފި އެވެ. ބޭރު ގައުމުތަކުން ބަލައިގަންނަ ތަމްރީނުތަކާއި ކޯސްތަކުގެ ފީ ދެއްކުމުގައި ދަރިވަރުންނަށް ދިމާވާ ޑޮލަރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ބީއެމްއެލް އިން ވަނީ “ކިޔަވާ ލޯނު” އަދި “އެޑިއުކޭޝަން ފައިނޭންސިން” ޔޫއެސް ޑޮލަރުން ލިބޭނެ ގޮތް ހަމަޖައްސާފައެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި، ޕްރޮފެޝަނަލް […]

ޙަބަރު

ރަސްމީ ތައުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ޕާތުވޭ ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފިއެވެ. މިކަމަށްޓަކާ ހާއްސަ ރަސްމިއްޔާތެއް ޕޮލިޓެކްނިކްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. މަތީ ސާނަވީގައި ހުނަރާ ތަމްރީން ދޭ ވޮކޭޝަން ޕާތުވޭގެ ކިޔެވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިވަނީ ފަށާފައެވެ. މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތައުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. ސަރުކާރުން މުޅިން […]