މީޑިއާ ޓީމު އޮއްވައި އިތުރު ބޮޑެތި ހަރަދުތަކެއް ކުރާތީ މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔުން!
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގެ އަސާސީ މުސާރައަށް މަހަކު ބޮޑު ހޭދައެއް ކުރަމުންދާއިރުވެސް، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ފޮޓޯއާއި ވީޑިއޯގެ އިތުރުން ޕްރެޒެންޓޭޝަންތަކަށް ބޮޑެތި ހަރަދުތަކެއް ހޭދަކޮށްފައިވާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގައި ހިމެނޭ ދެ މީޑިއާ ކޯޑިނޭޓަރަށް 15،000 ރުފިޔާ، ކެމެރާމަނަށް 15،000 ރުފިޔާ އަދި ގްރެފިކްސް […]







