މަގުތައް ތަރައްގީކުރުން

ޙަބަރު

މާލޭ ބަސް ރޫޓްތައް ކުރިއެކޭ އެއްގޮތަށް ބަދަލުކޮށްފި

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ހުޅުވުމާއި ގުޅިގެން، އާރްޓީއެލް މާލޭ ބަހުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ބަދަލުކޮށްފިއެވެ. އެމްޓީސީސީއިން ހާމަކުރިގޮތުގައި، މާލޭ ބަހުގެ ހިދުމަތް ހިމެނޭ، އޯކިޑް ރޫޓް އަދި ސޯސަން ރޫޓްގެ ދަތުރުތައް ކުރިއެކޭ އެެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން، 29 ޖުލައި އިން ފެށިގެން މޮ ދެ ރޫޓްގެ ބަސްތައް ދަތުރުކުރާނީ ތާވަލާއި އެއްގޮތަށް ބޮޑުތަކުރުފާނު މަގުން ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ބޮޑުތަކުރުފާނު […]

އަޕްޑޭޓު
ޙަބަރު

ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނުވަތަ މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މިފަދަ ބޮޑު މަޝްރޫއެއް މީގެކުރިން ހިންގީ ރައީސް މައުމޫނުގެ ދައުރުގައި ކަމަށާއި، އޭގެ ފަހުން މަގުތައްބެލެހެއްޓުމުގައި އިހުމާލުވެފައިވާ […]

ޙަބަރު

ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބިޔަ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ތިނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ […]