އެޑިއުކޭޝަން މިނިސްޓްރީ

ޙަބަރު

އޭ-ލެވެލް ކިޔަވާ ކުދިންގެ ނިސްބަތް 50 އިންސައްތައަށް އިތުރުވެއްޖެ: މިނިސްޓަރު ޝަފީއު

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭ-ލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް ދަށްވި ނަމަވެސް، މިހާރު އެ ނިސްބަތް 50 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭ-ލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް ދަށްވި ނަމަވެސް، މިހާރު އެ ނިސްބަތް 50 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އޭ-ލެވެލްގައި ކިޔަވަމުންދިޔައީ 30 […]

ޙަބަރު

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރަމުންދާ ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލައއްވައިފިއެވެ. އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން 12 ނޮވެމްބަރު 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ޢަރަބިއްޔާ ސްކޫލުގެ އައު ސައިޓަށް ރައީސް ކުރެއްވި މި ޒިޔާރަތުން އެމަނިކުފާނަށް މަރުޙަބާ […]

ޙަބަރު

ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޗުއްޓީ ވެއްޖެއެވެ. އެގޮތުން، ފުރަތަމަ ޓާމުގެ ނަތީޖާ ފާހަގަކޮށް، މިއަދު ވަނީ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ރިޕޯޓްފޮތް ޙަވާލުކޮށްފައެވެ.ޓާމު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް 16 ދުވަސް ލިބޭއިރު، ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މިއަހަރުގެ ދިރާސީ ކަލަންޑަރު ބަދަލުކުރުމަށްފަހު، މިއީ ބޮޑު ޗުއްޓީއަށްފަހު އައި އައު ދިރާސީ އަހަރުގެ ފުރަތަމަ ޓާމު […]

އަޕްޑޭޓު
ޙަބަރު

ސްކޫލްތަކަށް ކުދިން ހާޒިރުނުވާ މައްސަލަ ބޮޑުވެފައިވާތީ، އެކަށީގެންވާ ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް ހުރިހާ ޕްރިންސިޕަލުންނަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިފަދައިން މިނިސްޓަރު ވިދާޅުވީ،ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މި ދުވަސްވަރު ގަވާއިދުން ސްކޫލަށް ހާޒިރުނުވާ 8،000 އެއްހާ ދަރިވަރުން އެބަތިއްބެވެ. މީގެ ތެރެއިން 40 އިންސައްތައަކީ މާލޭ […]

ޙަބަރު

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10ގެ ކުރިން ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް […]

ޙަބަރު

ދަނގެތީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އައު އިމާރާތެއް އެޅުމަށް ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި، މި މަޝްރޫއުގައި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ. މި […]