ޢިލްމާއި ޝައުޤުވެރިކަން ގުޅިލާމެހުމަކީ ހަޤީޤީ އީޖާދެއްގެ ފެށުން: މެޑަމް ސާޖިދާ
ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް ހުންނަ ޝައުޤުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުން ކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ އޭގެއިން އާންމު ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބިގެންދާނެ ކަންކަން އެކުލެވިގެންވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މެޑަމް ސާޖިދާ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކުރިން […]


