އދ

ޙަބަރު

ނައިބު ރައީސް ބަނގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ބަނގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤު ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވަނީ، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ބަނގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބަނގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެކުނު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ މި ދެ ޤައުމުގެ […]

އަޕްޑޭޓު
ޙަބަރު

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ، ޢާންމު ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ. ނިއުޔޯކުގައި ހުންނަ އދ.ގެ މައިމަރުކަޒުގެ ޢާންމު މަޖިލީހުގެ ހޯލުގައި ކުރިއަށްދާ މި ޖަލްސާގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މަތީ ފަންތީގެ މި ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، ދައުލަތްތަކުގެ އިސްވެރިންނާއި، މެންބަރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ. އދ. ގެ […]

އަޕްޑޭޓު
ޙަބަރު

2028 އިން 2030 ގެ ދައުރަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއަށް ރާއްޖެއިން ވާދަކުރޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ. މިނިސްޓަރުގެ ތަގްރީރުގައި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި، ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން ދެމެހެއްޓުމަށް މިނިސްޓަރ ގޮވާލެއްވި […]