ބޯހިޔާވަހިކަން އެންމެންނަށް: ނޯޓިސްތަކަށް ޖަވާބުދާރީވާން ދިން މުއްދަތު އިތުރުކޮށްފި
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަރުހަލާގައި ފޮނުވާފައިވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ. ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ގިނަ ފަރާތްތަކަކަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައްޔާއި ޖަވާބުދާރީވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީއިން ވަނީ މި މުއްދަތު އިތުރުކޮށްދީފައެވެ. ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގައި ހުރި މައްސަލަތައް އިސްލާހުކޮށް ޖަވާބުދާރީވުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އާންމުންނަށް […]








