ދުނިޔެ

ލަންކާއިން ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ދޫކުރަން ފަށައިފި

ismailazmeeadnan@gmail.com

1 މިނިޓު
ލަންކާއިން ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ ދޫކުރަން ފަށައިފި


އަވަށްޓެރި ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރުގެ މުއްދަތަކަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފި އެވެ.

މި ނިންމުމަކީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސެނައިކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނިންމާ އިއުލާންކޮށްފައިވާ ކަމެކެވެ. އެގޮތުން މެޑިކަލް ވިސާގެ އިތުރަށް ލަންކާ މީހުންނާއި އިނދެގެން އުޅޭ ދިވެހިންނަށް ވެސް އެއް އަހަރުގެ މުއްދަތަކަށް ސްޕައުސް ވިސާ ދޫކުރުމަށާއި، އެ ގައުމުގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ ކުރިން ލަންކާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް މެޑިކަލް ވިސާ ދޫކުރަމުން އައީ 3 ނުވަތަ 4 މަހަށެވެ. މި ގެނެވުނު ބަދަލަކީ ދިވެހިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ބަދަލެކެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ބަދަލާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ވިސާ އަށް އެދޭ މީހުން އެޕްލިކޭޝަނާ އެކު، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ. ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސް އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ. އެގޮތުން ވިސާ އަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ލަންކާއަށް ދާ ދިވެހިންނަށް މި ލިބުނު ލުއިގެ އިތުރަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމާއެއްގޮތަށް ޖުލައި 30އިން ފެށިގެން ސްރީލަންކާ މީހުންނަށް ރާއްޖެއިންވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ޝެއާ

ކޮމެންޓު