ADVERTISEMENT

island-vegetation-shoreline-landscape

އަމީން ކޮންސްޓަރަކްޝަނަށް ކުރި ހުކުމް އިސްތިއުނާފް ކުރަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާ ބޭނުންކޮގެން އަމީން އެވެނިއު އިން ޕެންޓް ހައުސް އެއް، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް މައްސަލައިގައި އަމީން ކޮންސްޓަރަކްޝަން ސަލާމާތްވާ ގޮތަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައުކޯޓުގައި އިސްތިއުނާފް ކުރާނެކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

އެފް.އޭ.އެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިމަހުގެ 4 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.ބައްސާމްގެއިތުރުން މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލިއެވެ. އެކަމަކު ކޯޓުން ނިންމީ އެކުންފުންޏާ ދެކޮޅަށް ކުރާ ދައުވާތައް ސާބިތުނުވާކަމަށެވެ. .

މި މައްސަލައާ ގުޅިގެން ޕީޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަމީންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކޯޓުން ހުކުމްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. އެހެންވެ، އަމީން ކޮންސްޓްރަކްޝަންގެ ބައި ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނިގޮތުގައި، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އެ އޮފީހަށް ލިބުމުންނެވެ. އަދި އެ ރިޕޯޓް ލިބުމާއެކު އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT