ADVERTISEMENT

island-vegetation-shoreline-landscape

ސަނީ އުމަރުގެ ގެ ބަލާ ފާސްކޮށްފި

މިއަދު ފުލުހުން ސަނީ އުމަރު ހާޒިރުގައި އޭނާ ދިރިއުޅުނު ގެ ބަލާ ފާސްކޮށްފި އެވެ.

ސަނީ އުމަރުގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްތަކައި ފުލުހުން ވަނީ، އޭނާގެ ހާޒިރުގައި އޭނާ ދިރިއުޅުނު ތަން ބަލާ ފާސްކޮށްފައެވެ.

އޭނާ ދިރިއުޅުނުތަން ބަލާ ފާސްކުރުމަށް ފަހު، ފުލުހުން ސަނީ އުމަރު ކާރަށް އެރުވުމަށް ތިރިއަށް ބޭލި ވަގުތު، އެގޭގައި ދިރިއުޅޭ މީހުން ހަމަލާދޭ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ވެސް ވަނީ ސޯޝަލްމީޑިއާގައި ދައުރުވެފައެވެ.

ސަނީ އުމަރު ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް އޭނާއަށް ކުރެވިފައިވާ މައްސަލައަކާ ގުޅިގެން ނެވެ. މި މައްސަލައިގެ ތަހުގީގަށްޓަކައި، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކޮށް، ފުލުހުންނަށް އެކަށީގެންވާ ވަގުތު ދީފަ އެވެ. އޭނާގެ މައްޗަށް މި މައްސަލައިގެ ތުހުމަތު ކޮށްފައިވަނީ އެ ކުޑަކުއްޖާގެ އާއިލާގެ ފަރާތުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT