ADVERTISEMENT

island-vegetation-shoreline-landscape

ރަސްމާލެ ހިއްކުން: 56 ހެކްޓަރު ހިއްކައިފި

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން، ސައިޓް އޭގެ 56 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ސައިޓް އޭގައި އްކަން ހަމަޖެހިފައިވަނީ ޖުމްލަ 137.5 ހެކްޓަރު ބިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މީގެތެރެއިން މިހާރު 56 ހެކްޓަރު ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފައެވެ. މިއީ މުޅި މަޝްރޫއުގެ 41 އިންސައްތަ އެވެ.

އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ސައިޓް އޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް އޮންނަ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެނެވެ.

އެމްއޭސީއެލް އިން ރަސްމާލޭ ސައިޓް އޭ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 1 ޑިސެމްބަރު 2025 ގައެވެ. ގެދޮރުވެރިކަމުގެ އިތުރުން އެ ސަރަހައްދު ބޭނުންކުރާނީ، ސިނާއީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށެވެ. އެ ސަރަހައްދު ހިއްކާ ނިންމުމުގެ ކުރިން އެ ތަނުން 15،000 ގޯތި ލިބޭ މީހުން ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT