ADVERTISEMENT

island-vegetation-shoreline-landscape

އެމްއޭސީއެލުން ދިއްދޫ އެއާޕޯޓް ހެދުމަށް ބިން ހިއްކަން ފަށަނީ

މާދަމާ ދިއްދޫ އެއާޕޯޓް ހެދުމަށް ބިން ހިއްކަން ފަށާނެ ކަމަށް މޯލްޑިވެސް އެއާޕޯޓް ކޮމްޕަނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖާ ވަނީ ދިއްދޫއަށް ގެންގޮސްފައެވެ. މި ދްރެޖާގައި46000 ސީބީއެމް ހުންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މި މަޝްރޫއުގައި ޖުމްލަކޮށް ހިއްކަން ޖެހެނީ 102.73 ހެކްޓަރެވެ.

ރައީސް އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، އެއާޕޯޓަކަށް ދިއްދޫ ރައްޔިތުން ކުރާ އުއްމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ވަނީ ވައުވެވަޑައިގަނެފައެވެ. އަދި މި ވައުދުފުޅުގައި އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ދިއްދޫ އިން ބިން ހިއްކައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެއާޕޯޓްގެ އިތުރުން ދިއްދޫ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، ރަނގަޅު ހޮސްޕިޓަލެއް އަޅައި ދެއްވާނެ ކަމުގެ އިތުރުން ފުޓުބޯޅަ ދަނޑެއް އަޅާދެއްވާނެ ކަމަށް ވަނީ ވައުވެވަޑައިގަނެފައެވެ.

ދިއްދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ކުރީގެ ރައީސުން ކަމަށްވާ ރައީސް ޞާލިހް އަދި ރައީސް ޔާމީން ވަނީ ވައުދުފުޅުވެފައެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅު ތެރޭގައި ދިއްދޫގައި އެއާޕޯޓެއް އަޅާދެއްވާނެކަމަށް ވަނީ ވައުދުފުޅުވެފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT