ADVERTISEMENT

Screenshot_10

ޓާސްކިން އެޕް ރާއްޖޭގައި ލޯންޗްކޮށްފި

ފުރީލޭންސާސްއަށް ހާއްސަކޮށްގެން އުފައްދާފައިވާ ޓާސްކިން އެޕް ރާއްޖެގައި ލޯންޗްކޮށްފި އެވެ.

މި އެޕަކީ ފުރީލޭންސާސްއަށް ހާއްސަކޮށްގެން ރާއްޖޭގައި ލޯންޗްކޮށްފައިވާ އެޕެކެވެ. މި އެޕް މިހާރު، އެޕް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯރުން ލިބެން ހުންނާނެ ކަމަށް މި އެޕްގެ އުފެއްދުންތެރިން ވަނީ ބުނެފަ އެވެ.

މި އެޕަކީ އެތައްދުވަހެއްގެ ބުރަމަސައްކަތުން ދިވެހީންނާ ހަމައަށް ގެނެސް ދެވިފައިވާ އެޕެއްކަމަށާއި އެތައް ‘ޓްރެއިލް އެންޑް އެރާ’ އަކަށް ފަހު ގެނެސްފައިވާ މި އެޕުން އެތައް ދިވެހިންނަކަށް ލާބައާ މަންފާ ލިބިގެންދާނެކަމަށް އެޕްގެ އުފެއްދުންތެރިން ބުނެފައިވެ އެވެ. މި އެޕުން ދިވެހިން ދިގު މުއްތަކަށް ކުރަމުން އައި ހުވަފެނުގައި ކުލަޖެހިގެން ދާނެ ކަމަށް  ވެސް މި އެޕްގެ އުފެއްދުންތެރިން ވަނީ ބުނެފަ އެވެ.

އެޕްގެ އުފެއްދުންތެރިން އިތުރަށް ބުނިގޮތުގައި ޓާސްކިން އެޕްގެ ސަބަބުން އެތައް ކުޅަދާނަ ފަންނުވެރިންނަކަށް އެމީހުންގެ ކުދި ވިޔަފާރިތައް ފުޅާ ކުރުމުގެ މަގު ފަހުވެގެންދާނެ ކަމުގައެވެ. މިކަމުގެ ސަބަބުން އިތުރު މަގުތައް ތަނަވަސްވެ އެމީހުންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވެސް މި އެޕްގެ އުފެއްދުންތެރިން ބުނެފައިވެ އެވެ.

ޓާސްކިން އެޕުން ލިބޭ ފައިދާ:

  • ފްރީލޭންސާސް- އެމީހެއްގެ ހުނަރުވެރިކަން ފައިސާ ލިބޭނެ މަގަކަށް ބަދަލުވުން
  • ފަންނުވެރިން ހޯދާ ފަރާތް- އެތައް ބައިވަރު ފަންނުވެރިންގެ މަސައްކަތްތައް އެއްތަނުން ފެނި، ވަގުތުން ބޭނުންވާ ޓާސްކެއް ކޮށްލެވުން
  • ދިވެހިރާއްޖެ- ރާއްޖެއަށް ޑިޖިޓަލް އިކޮނޮމީގެ ފައިދާ ލިބިގެން ދިޔުން
ކޮމެންޓް ސެކްޝަން

ADVERTISEMENT