ADVERTISEMENT

island-vegetation-shoreline-landscape

ފޭސް 3 ބިން ހިއްކުން: 77.78 އިންސައްތަ ނިމެއްޖެ

ހުޅުމާލެ ފޭސް3 ގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 77.78 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު، 49 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ. މިއީ މުޅި މަސައްކަތުގެ 77.78 އިންސައްތަ އެވެ.

މީގެ އިތުރަށް އެމްއޭސީއެލް އިން ވަނީ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދެ ޑްރެޖާސް އެ ސަރަހައްދުގައި ބޭނުން ކުރަމުން ދާކަމަށް ބުނެފަ އެވެ. މިއީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީ ހުރި ދެ ޑްރެޖާސް އެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ގެނެސް ބިން ހިއްކަން ފަށާފައި ވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެހެންނަމަވެސް، މި މަސައްކަތް ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ހުއްޓިފައި އޮތުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ވަނީ އަލުން ފަށާފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT