ADVERTISEMENT

island-vegetation-shoreline-landscape

ޕީއެންސީގައި 70000 އަށް ވުރެ ގިނަ މެންބަރުން

ޕީޕަލް ނޭޝަން ކޮންގްރެސް (ޕީއެންސީ) ގައި 70،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެލެކްޝަން ކޮމިޝަނުން (އީސީ) ނެރެފައިވާ ލިސްޓުން ހާމަވެއްޖެ އެވެ.

2025 ޑިސެންބަރު 31 ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން 74048 މެންބަރުންނާއެކު އެންމެ ގިނަ މެންބަރުން ތިބި ޕާޓީ އަކީ ޕީއެންސީ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެ ޕާޓީގައި މެންބަރުން ތިބި އަދަދަށް ވުރެ 5،383 އިތުރު އަދަދެކެވެ.

31 ޑިސެންބަރ2025 ގެ ނިޔަލައް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދު:

  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ): 74,048
  • ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ): 43,784
  • ޖުމްހޫރީ ޕާޓީ (ޖޭޕީ): 12,343
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ): 9,686
  • ޢަދާލަތު ޕާޓީ (އޭޕީ): 8,267
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ): 5,133
  • ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް): 3,012
  • ދަ ޑިމޮކްރެޓްސް: 2,952
  • މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއޭއެސްޑީޕީ): 1,710

މިއަހަރުގެ ޖަނަވަރީ މަހުގައި ކުރީގެ ރައީސް ޔާމީންގެ ޕާޓީ ކަމަށްވާ ޕީޕީއެމް ވަނީ އުވާލާފަ އެވެ. އޭގެ ފަހުން ފީއެންސީ އިން ވަނީ އެޕާޓީގެ މެންބަރުން ގިނަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެއްލައްކަ މެންބަރުން ތިބި ޕާޓިއަކަށް ހެދުމަށް ފީއެންސީއިން ދަނީ މަސައްކަތް ކުރަމުނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT