ADVERTISEMENT

island-vegetation-shoreline-landscape

ރޭގަނޑު ދަތުރުތައް ފަށަން ފުނަދޫ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސައިފި

ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފުލައިޓް ބާއްވައިފިއެވެ.

މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫއަށް ޖެއްސީ ޖަނުއަރީ 1 ވަނަ ދުވަހުގެ އިރުއޮއްސި 7:30 ގަ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދީފައިވެއެވެ. މި ފްލައިޓުގައި އެމްއޭސީއެލް އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ އޮފިޝަލުން ފުނަދޫއަށް ވަޑައިގަނެފައިވެއެވެ.

މި ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައެވެ.

ފުނަދޫ އެއާޕޯޓް ތަރައްގީ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެ ވައުދުފުޅުގެ ތެރެއިން ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް, އަމަލީ މަސައްކަތް ފެށާފައި ވަނީ ށ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި 15 އޮކްޓޫބަރު 2025 ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއަރޕޯޓުގައި ލައިޓުތައް ޖަހައި ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT