ADVERTISEMENT

1280x853-25Dec2025-1438pm-rgo9wf53z0hmjhwbej4tm1zte02vh3m3f2ph8jy34o

ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި

ކ.ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި އެވެ.

ކ.ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ހެލްތ،ު އަބްދުالله ނާޒިމް އިބްރާހީމެވެ. މިރަސްމިއްޔާތުގައި ހުރިހާ ދާއިރާއެއްގެ މަޖްލިސް މެންބަރު އަނާރާ ނައީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އާއި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ ދަށުނ،ް 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ފަންގިިފިލާއެއްގައި 16 އެނދުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ހަދާނެކަމަށް ހެލްތް މިނިސްޓްރީއިން ވަަނީ ބުނެފަ އެވެ. މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެ އެވެ.

މީގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރިޓް މަސައްކަތާއ،ި މޭސަނަރީ މަސައްކަތާއ،ި ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއ،ި ދަވާދު ލުމާއ،ި ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއ،ި ކަރަންޓު ވަޔަރުކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއ،ި އެއަރ ކޮންޑިޝަން ހަރުކުރުމާއ،ި އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 27.23 މިލިއަން ރުފިޔާގެ 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

1380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި ބިނާކުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތް ނިމުމާއެކު، ހުރާއިން ލިބޭ ސިއްހީ ފަރުވާ ފުޅާވ،ެ ހުރާ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ސިއްހީ ކަންކަމަށް ފަރުވާކުރުމުގެ މަގުފަހި ވެގެންދާނެއެވެ. މިއ،ީ ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނޭ ކަމެއް ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT