ADVERTISEMENT

island-vegetation-shoreline-landscape

ހުޅުމާލޭގައި އެފޯޑަބަލް ހައުސިންގް ޕްރޮޖެކްޓުތަކަށް ކޮންޓްރެކްޓު ހަވާލުކޮށްފި

ސަރުކާރުގެ ހިޔާވެހި ސްކީމްގެ ދަށުން ހުޅުމާލޭގައި އެފޯޑަބަލް ހައުސިންގް ޕްރޮޖެކްޓުތަކެއް އެޅުމަށް ކޮންޓްރެކްޓު ހަވާލުކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް ދެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

ހުޅުމާލޭގައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން މިއަދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެގޮތުން ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ވަނީ ހަވާލުކޮށްފައެވެ.

ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ އިރު ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފައެވެ.

މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތްތަށް މިއަންނަ ޖެނުއަރީ މަހުގައި ފަށާނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ހިޔާވެހި ސްކީމްގެ ދަށުން ހުޅުމާލޭގައި އެފޯޑަބަލް ހައުސިންގް ޕްރޮޖެކްޓުތަކަށް ކޮންޓްރެކްޓު ހަވާލުކޮށްފި

ކޮމެންޓް ސެކްޝަން

ADVERTISEMENT