ADVERTISEMENT

Screenshot_10

ރާއްޖޭގެ ހުރިހާ ޕޯއްޓްތަށް ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ރާއްޖޭގެ ހުރިހާ ޕޯއްޓްތަށް ޑިފެންސް މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރަށްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ޕޯއްޓްތަށް މިނިސްޓްރީ އޮފް ޑިފެންސްގެ ދަށަށް ބަދަލުކޮށް، “އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް”ގެ ނަން “އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް”ގެ ނަމަށް ބަދަލުކުރަށްވާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެމަނިކުފާނު މި ބަދަލު ގެންނެވީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެއްވުމަށެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސެވުމަށެވެ.

ދައުލަތުގެ އިދާރާތަކުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔާ ސިޓީތަކުގައި، ޖަހަންޖެހޭނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވާފައިވާ ނަންބަރު 453 ކަމަށް  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގާފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT