ADVERTISEMENT

island-vegetation-shoreline-landscape

އެމްއެމްއޭ ކުރިމަތީގައި އުޅަނދުފަހަރު ބޭއްވޭނީ ގިނަވެގެން 10 ދުވަސް ވަންދެން

އެމްއެމްއޭ ކުރިމަތީގައި އުޅަނޑުފަހަރު ބޭއްވޭނީ ގިނަވެގެން 10 ދުވަސް ވަންދެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ބޮޑުތަކުރުފާނުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެމްޕީއެލް އިން ވަނީ ކަނޑުއުޅަނދުތަކަށް އެމްއެމްއޭ ކުރިމަތީގައި ވަގުތީގޮތުން އެޅުމަށް ހަމަޖައްސާފައެވެ. އެހެންކަމުން، މި ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލެ ނޯތު ހާބަރުގެ ހުއްދަ ލިބިގެންނެވެ.

އޭގެއިތުރުން، އެމްޕީއެލް އިން ބުނި ގޮތުގައި މި ސަރަހައްދުގައި ކަނޑުއުޅަދުފަހަރު ބޭއްވޭނީ އެންމެ ގިނަވެގެން 10 ދުވަސް ވަންދެންނެވެ. އަދި 10 ދުވަހަށް ވުރެ އިތުރަށް ކޯވޯލްގައި އުނޅަދެއް ބާއްވަން ބޭނުންވާނަމަ، އެ އުޅަނދަށް ކޯވޯލާއި ކައިރި ކުރެވޭނީ އަލުން ކިޔުގައި ނަން ނޯޓްކޮށްގެން، ކިޔު ތަރުތީބުންނެވެ.

އެމްޕީއެލްއިން އިތުރަށް ބުނިގޮތުގައި އެކުންފުނިން މިފަދައިން އަމަލުކުރުމަށް ނިންމާފައި ވަނީ ހުރިހާ އުޅަނދުފަހަރުތަކަށް އެއްހަމައަކާއި އެއްއުސޫލަކުން ހިދުމަތް ދިނުމަށްޓަކައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT