ADVERTISEMENT

Screenshot_10

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ލިބެނީ ހަމައެކަނި ރަސްމާލެއިން

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ލިބެނީ ހަމައެކަނި ރަސްމާލެއިން ކަމަށް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ރޭ ވަނީ ގޯއްޗާއި ފްލެޓު ދޫކުރާ އުސޫލު އާންމުކޮށްފަ އެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ވަނީ ދެ ކެޓަގަރީއަކަށް ބަލާލާފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނާއި މާލޭގެ ރަށްވެހިންނެވެ.

މީގެތެރެއިން މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުން (ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު) ރަސްމާލެއިންނެވެ. ނަމަވެސް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ލިބިގެން ދާނީ ހަމައެކަނި ރަސްމާލެއިންނެވެ.

މި ދެ ކެޓަގަރީއަށް ވެސް ލިބޭނީ 1،250 އަކަފޫޓުގެ ގޯތިކަމަށް އުސޫލުގައިވެ އެވެ.

މި އުސޫލުގައިވާގޮތުން މާލެ ރަށްވެއްސެއް ކަމަށް ބަލަނީ:

  • އުފަންވީންސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން
  • މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން
  • މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ފަހުން ފަހުން ޖެހިފައިވާ މީހުން

ހަމަމިއާއެކު މާލެ ރައްވެހިންނަށް ގޯތި ލިބުމުގެ ޝަރުތަކަށް ބަލާއިރު

  • ގޯއްޗަށް އެދި ހުށަހަޅާ މީހާއަކީ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިވާ މީހަކަށް ނުވުން
  • 400 އަކަފޫޓު އޮތް ނަމަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ބައި ދޫކޮށްލަން އެއްބަސްވުން
  • ބަހައިގެން ވާރުތައިން އެވަރުގެ ޖާގައެއް ލިބެން އޮތަސް، އެބައި ދޫކޮށްލަން އެއްބަސްވުން ހިމެނޭ
  • އެއްމެދު ގޯއްޗެއް ބަހައިގެން 400 އަކަފޫޓް ލިބޭ މީހަކަށް ނުވުމާއި
  • ގޯއްޗަށް ކުރިމަތިލާ މީހާ މީގެ ކުރިން ފްލެޓެއް ނުވަތަ ގޯއްޗެއް އެހެން މީހަކަށް ހިބައިން ދީފައި ނުވަތަ ވިއްކާފައި ވާނަމަ، އެމީހާ ޝަރުތު ހަމަނުވާނެ
  • ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ/ފިރިމީހާ އަށް މާލެ ސަރަހައްދުން ފްލެޓް ލިބިފައި ނުވުން

މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނަށް ގޯތި ދޫކުރާނީ ޖަނަވަރީ 2026 ގެ ނިޔަލަށް މާލޭގައި މެދުނުކެޑި އުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށެވެ. މި ޝަރުތުތަކުގައިވާގޮތުން:

  • 15 އަހަރުން ފެށިގެން 20 އަހަރާ ދޭތެރޭގެ މުއްދަތެއްގައި މާލޭގައި އުޅެފައިވާ ނަމަ ދޭނީ 20 ޕޮއިންޓް.
  •  20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަަކަށް އުޅެފައިވާ ނަމަ 30 ޕޮއިންޓް
  • މާލޭގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައި ވާ ނަމަ 40 ޕޮއިންޓް

ސަރުކާރުން މީގެކުރިން ހާމަކުރި ގޮތުގައ ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ އެވެ. ފުރަތަމަ ބުރުގެ ދަށުން  15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT