ADVERTISEMENT

1280x853-25Dec2025-1438pm-rgo9wf53z0hmjhwbej4tm1zte02vh3m3f2ph8jy34o

ވީއައިއޭ އިން އިއްޔެ 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން އިއްޔެ 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.

އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން އިއްޔެ 22,142 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުން ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ހަމަމިއާއެކު ޑޮމެސްޓިކް ޓާމިނަލުން އިއްޔެ ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. މީގެތެރެގައި، މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުން ހިމެނެ އެވެ. މީގެ އިތުރުން އިއްޔެ 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކޮށްފައިވެ އެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށެވެ. ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް ކަމަށް ކަމަށް ކަމަށް ވެސް ވިދާޅުވެފައި އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT