ADVERTISEMENT

island-vegetation-shoreline-landscape

ޔަމަނަށް މިނިވަންކަން ހޯދާދިނުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އެއްބާރުލުން ދެނީ

ޔަމަނަށް މިނިވަންކަން ހޯދާދިނުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން، އެއްބާރުލުން ދޭނެ ކަމަށް ގޮވާލައިފިއެވެ.

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި، ޔަމަނަށް، މިނިވަންކަން ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވައި ޔަމަނުގެ އެކި ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، އަމާންކަށް ގާއިމް ކުރުމަށް ސައުދީން ކުރަމުންދާ މަސައްކަތަށް ފުރިހަމަ ތަރުހީބު ދެމުން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމަމިއާއެކު، ދިވެހި ސަރުކާރުން ވަނީ ސައުދީއިން ޔަމަނުގައި އަމާންކަން ގާއިމްކޮށް، ގެއްލުންތައް ފޫބެއްދުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޔަމާނުގެ ޕާޓީތަކަށް ގޮވާލާފައެވެ.

2011 ވަނަ އަހަރުން ފެށިގެން ޔަމަނުގައި ދަނީ އެކި ސަބަބުތަކާ ހުރެ ހަމަނުޖެހުން އުފައްދަމުންނެވެ. މިކަމުގެ ސަބަބުން ޔަމަނުގެ ގިނަ އާއިލާތަކަކަށް ގެއްލުން ލިބި އެމީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. މި ހަމަނުޖެހުން ތަކުގެ ތެރެއިން ހޫތީސް ޖަމާއަތުން ވަނީ ޔަމަނުގެ ވެރި ރަށް ސަނާ ހިސޯރުކޮށްފައެވެ. މިކަމުގެ ސަބަބުން ހޫތީސް ޖަމާއަތާއި ޔަމަނުގެ ސަރުކާރާ ދެމެދު ވަނީ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT