ADVERTISEMENT

island-vegetation-shoreline-landscape

“ރިވެލި” އޮޕަރޭޝަނުގައި ދެބިދޭސިން ހައްޔަރުކޮއްފި

އައު އަހަރާ ގުޅިގެން  ފުލުހުން ކުރިއަށް ގެންދާ “ރިވެލި” އޮޕަރޭޝަނުގައި 2 ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިޔާގެ ދެރައްޔިތެއް ކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމެ (41އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ބަލާފާސްކުރި ގޭގައި 3 ފަންގިފިލާއިން ބަގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަގުރާ ފެނިފައިވެއެވެ. މި ގެއަކީ އެމީހުން ކުއްޔަށް ހިފައިގެން އުޅެމުންދާ ގެއެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައިވާ ދެމީހުން ޑީޕޯޓް ކުރުމަށްޓަކައި އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT