ADVERTISEMENT

island-vegetation-shoreline-landscape

ދުވާފަރު މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

ރ. ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިކަމައްޓަކައި ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަގު ހެދުމުގެ އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަހުމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން، ޖުމްލަ 16.65 ކިލޯމީޓަރުގެ އެކުލެވޭ 75 މަގު ހަދާނެ އެވެ. އަދި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި، ސާވިސް ލައިން އެޅުމާއި، ގުދުަރަތީ ގޮތުން ފެން ހިންދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓެއް ހަދައި، ދުއްވާ ސަރަހައްދެއް ގާއިމްކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއުއަކީ 312.66 މިލިއަން ރުފިޔާއަށް 810 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT