ADVERTISEMENT

island-vegetation-shoreline-landscape

ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ރ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފިއެވެ.

ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށާފައިވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައެވެ. އެރަށުގައި ބަހުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

4000 މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމާއެކު އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކަރުން ބުނެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ އާބާދީގެ ގޮތުން ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ހިދުމަތް މިހާރުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އާރްޓީއެލްގެ ހިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT