ADVERTISEMENT

1280x853-25Dec2025-1438pm-rgo9wf53z0hmjhwbej4tm1zte02vh3m3f2ph8jy34o

ނޮވެމްބަރު މަހު 195،127 ފަތުރުވެރިން ޒިޔާރަތްކުރި

ނިމުނު ނޮވެމްބަރު މަހު ރާއްޖެއަށް 195،127 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިިދޔަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 12.8 އިންސައްތަ އިތުރެެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 172،987 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް2،022،061 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 312،478 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ 15.5 އިންސައްތައެވެ.

ޗައިނާގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތައް:

  • ރަޝިއާ: 253،834 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 181،300 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 152،739 ފަތުރުވެރިން
  • އިޓަލީ: 132،004 ފަތުރުވެރިން
  • އިންޑިއާ:117،177 ފަތުރުވެރިން
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން ވަނީ 1،306 ތަނަކަށް ހުއްދަދީފައެވެ. އެއީ، 177 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 945 ގެސްޓްހައުސް އަދި 168 ސަފާރީއެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 66،571 އަށް އަރައެވެ.
ކޮމެންޓް ސެކްޝަން

ADVERTISEMENT