ADVERTISEMENT

574901692_1267256742113933_525667682011171329_n

ދިވެހިބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ޑރ އާމިނަތު ޒާހިރަށް މިނިސްޓަރުގެ ތަހުނިޔާ

ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ (ޑޮކްޓަރ އޮފް ފިލޯސަފީ) ހާސިލްކުރެއްވި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނި ޑރ. އާމިނަތު ޒާހިރާއަށް، ލެންގުއޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވަރަށް ހޫނު މަރުހަބާއާއި ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވަރސިޓީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެކާމިޔާބީއަކީ ދިވެހިބަހަށާއި، ގައުމީ ސަގާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު ވަނީ ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވައިލައްވާފަ އެވެ.

މި ކާމިޔާބީއަށްޓަކައި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT