ADVERTISEMENT

602337872_1326434902853831_6426381717301049354_n

ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ %30 ނިމިއްޖެ

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ %30 މަސައްކަތް ނިމިފައިވާކަމަށް މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ ރަސްމާލޭ މަޝްރޫއުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާރު ވަނީ 41 ހެކްޓަރުގެ ބިން ކާމިޔާބުކަމާއެކު ހިއްކާފަ އެވެ.

1 ޑިސެމްބަރ 2025 ގައި ފެށި މި މަސަތްކަތް ކުރިޔަށް ގެންދަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެން، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް އޮންނަ، ޖާން ޑި ނޫލްއިންނެވެ.

ގެދޮރުވެރިކަމުގެ އިތުރުން އެ ސަރަހައްދު ބޭނުންކުރާނީ، ސިނާއީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށެވެ. އެ ސަރަހައްދު ހިއްކާ ނިންމުމުގެ ކުރިން އެ ތަނުން 15،000 ގޯތި ލިބޭ މީހުން ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT