ADVERTISEMENT

photo_2025-10-21_14-03-03-2-rdiz1iqh0j3s8nlcg3xbbu95ssbtqmcwlzxnv1g4ew

މީޑިއާ ކޮމިޝަނަށް ފަރުސަތު، ސަފާ އަދި ސަރާހަތު އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ކޮމިޓީން ރުހުން ދިން ތިން މީހުން އެކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލުމުން 10 މީހަކު އެ މަގާމަށް ކުރިމަތިލާފައި ވެއެވެ. އޭތެރޭގައި ކުރިން މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ބައެއް ފަރާތްތަކުންވެސް ހިމެނެ އެވެ.

މީޑިއާ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކުރި ތިން މެމްބަރުން:

  • މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު، މުހައްމަދު ފަރުސަތު
  • ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު
  • ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު

ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ވަނީ ވޯޓަކާ ނުލައި ހޮވިފަ އެވެ. އެއީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމް އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT