ADVERTISEMENT

14-rdiooruitouc7h110zjcjwgpc1jtbmkup2lwou4fvc-700x700

ފޮނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ލ. ފޮނަދޫ ބަނދަރު ތަރައްގީީ ކުުރުމުގެ މަސްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް މިނިސްޓްރީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ފުނަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މި މަސްރޫއުގެ ދަށުން، 98,233 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނޭރު ފުންކުރުމާއި، 4،497 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުން ކުރުމާއި، 482 މީޓަރުގެ އެއްގަމުތޮށި ލުމާއި، މިހާރު އޮތް އެއްގަމު ތޮށި މަރާމަތު ކުރުމާއި، 92 މީޓަރުގެ ސަރހައްދެއްގައި ތޮށި ލުމާއި، 171 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 30 މީޓަރުގެ ސަރަަށްދެއްގައި ގްރޮއިން ޖެހުމާއި 4500 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީ 89.58 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ އިތުރުންވެސް، ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަސްރޫއުގެ ދަށުން، ޖުމްލަ 2.36 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސާވިސް ލައިން އެޅުމާއި، ދުވާރު ހެދުމާއި، ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މިއީ، 89.17 މިލިއަން ރުފިޔާއަށް 720 ދުވަސް ތެރޭ ނިންމަން ހަވާލުކުރި މަޝްރޫއުކެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT