ADVERTISEMENT

G3skDtmWAAAxyWR-rdhd1e9qk4mchwpjmi7p7rribofc4unfiqs1o1j32w-700x700

ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި

ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބާއި، މި މަޝްރޫއުގެ ކޮންޓްރެކްޓަރ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 156 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި މެންދޫއާއި ކުނަހަންދޫ ދެމެދުގައި 133 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 167 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ގާއިމްކުރުމުގެ މަސައްކަތަށް 81.2 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ޙަހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT