ADVERTISEMENT

Addu-City-400x400

އައްޑޫ ވޯޓަށް 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފި

އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ވޯޓަށް ޖުމުލަ 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު ވޯޓު ނަގަނީ އައްޑޫ ފޭދޫގެ އިތުރުން ހުޅުދޫ އަދި މީދޫގައެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައިވާ ގޮތުން، ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެ ކަމަށް ބޭނުންވާ ވޯޓު ކަރުދާސް މިހާރު ޗާޕުކޮށް ވަނީ ނިމިފައެވެ.

ހުޅުދުއަށް 2،922 ވޯޓް ކަރުދާސް

މީދުއަށް 2،380 ވޯޓް ކަރުދާސް

ފޭދުއަށް 4،419 ވޯޓް ކަރުދާސް

އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ  ދައްކައެވެ. ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT