ADVERTISEMENT

G3n-01aXYAA0KSs-700x700

ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރޭޓް ނައްތާލައިފި

ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސްއިން ބުނީ، އެއިދާރާގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ. ވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ތަކެތި ނައްތާލީ ދޫނިދޫގައި މީޑިއާގެ ކުރިމަތީގަ އެވެ.

ކަސްޓަމްސްއިން ތިން މިލިއަން ސިނގިރޭޓް ނައްތާލާފައިވާއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓި 1،360 ކޭސް ސިނގިރޭޓް ވަގަށް ނެގި މައްސަލައެއް ދަނީ ބަލަމުންނެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެއީ 13.6 މިލިއަން ސިނގިރޭޓެވެ. މި ސިނގިރޭޓަށް 122 މިލިއަން ރުފިޔާގެ ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެ އެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ.

މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި، އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT