ADVERTISEMENT

l_2023_05_25_075432_57342dmv8uqfl1en6irxgbopsh9ktzwajyc_EN_-400x400

ހަ ދާއިރާއަކުން އެމްޕީއެލްއިން އިންޓާންޝިޕް ހެދުމުގެ ފުރުސަތު

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިފް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮހްރާމުގައި މިއަހަރު ހަ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި މިފަހަރު ހިމެނޭ ދާއިރާތަކަކީ:

  • މާކެޓިން އެންޑް ޕީއާރް
  • އެޑްމިން
  • ފައިނޭންސް
  • ޕްރޮކިއުމަންޓް
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • އިންޖިނިއަރިން

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ އުމުރުން18 އަހަރު ނުވުމާއި، ގްރޭޑް 10ގެ ތައުލީމް ނިންމާފައި ވުމެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން، މިމަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން ފޯމު ހުށައަޅަންޖެހެ އެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެމްޕީއެލްގެ ޕާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު (3039638) ނުވަތަ (3039636) އިން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވާ ކުދިންނަށް ވަޒީފާގެ މާހައުލުގެ އަމަލީ ތަޖުރިބާއާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 30 އަށްވުރެ ގިނަ ކުދިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT