ADVERTISEMENT

logo-3-1-400x340

ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސުޕްރިންޓެންޑެންޓަކަށް ދައުވާކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއް ރިޝްވަތަށް އެދިފައިވާ މައްސަލައިގައި އޭނައަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، މުއާޒު އަލީގެ މައްޗަށެވެ.

އޭސީސީން ހުށައަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާއެވެ.

މިއީ، 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ދޫކުރިނަމަވެސް، އެކޭސްތައް ރީއެކްސްޕޯޓް ކޮށްފައި ނުވާތީ އޭސީސީން ބެލި މައްސަލައެވެ.

އޭސީސީން ބުނީ، ސިނގިރޭޓް އެތެރެކުރި އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT