ADVERTISEMENT

429634_3632fa8f-4_-700x700

އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި

އދ އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އޮމަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، އޮމަދޫ ސިއްހީ މަރުކަޒަށް 16 އެނދުގެ އިމާރާތެއް އިތުރުކުރާނެ އެވެ. މި އިމާރާތުގެ ތެރޭގައި ޓްރައިއޭޖް ސަރަހަށްދަކާއި، ބަލިމީހުން އެކަހެރިކުރާ ކޮޓަރިއަކާއި، އަންހެނުންގެ ވޯޑަކާއި، ކުޑަކުދިންގެ ވޯޑެއްގެ އިތުރުން ވިއްސާ ކޮޓަރިއަކާއި ޕްރައިވެޓް އަދި ފަރުވާދޭ ކޮޓަރިތައް ހަދާނެ އެވެ.

މިއީ 27.23 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އިތުރުން، އެރަށު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. މި މަޝްރޫއުވެސް ހަމާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

މި މަޝްރޫއުގެ ދަށުން، 2000 އަކަފޫޓުގެ ސަރަހަށްދެއްގައި ބިންގަނޑުގެ މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، މޭޝަނަރީ، ފުރާޅު އަދި ފިނިޝިންގެ މަސައްކަތް ކުރާނެއެވެ. އަދި ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.

މިއީ 150 ދުވަސްތެރޭ ނިންމާގޮތަށް، 2.20 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT