ADVERTISEMENT

GzggN--bkAEQtfY

ހަމަނުޖެހުން ހިންގަން ފައިސާ ދިން ކަމަށް ބުނެ ފައްޔާޒްގެ ޗެޓްލޮގެއް ލީކު ވެއްޖެ

އެމްޑީޕީން މިހާރު މާލޭގައި ކުރިޔަށްގެންދާ ހަމަނުޖެހުން ހިންގަން ފައިސާދީފައިވާކަމަށްބުނެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ޗެޓް ލޮގެއް ލީކްވެއްޖެއެވެ.

އެމްޑީޕީގެ މުޒާހަރާ ހޫނުވެފައިވާ މި ދަނޑިވަޅުގައި ‘ދޮންރިހަ’ ނަމަކަށް ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފައްޔާޒް ވަޓްސްއެޕްއިން މީހަކަށް ކުރި މެސެޖުތަކެއްގެ ސްކްރީންޝޮޓެއް އާންމުކޮށްފައެވެ.

މެސެޖުތަކުގައި ވަނީ، ވެރިކަމާއި ހަވާލުވާން ތައްޔާރުކަމަށެވެ. އަދި މުޒާހަރާގައި އަނިޔާކުރާއިރު ލޭ ދައްކައިންގެން އަނިޔާކުރުމަށް އަންގާގައި ވެއެވެ. އަދި މާލޭގެ ކޮންމެސް ހިސާބެއްގައި މަޑުކޮށްގެން ހުރެ، އޭނަ އެންގުމުން މުޒާހަރާއާ ގުޅުމަށް ފައްޔާޒް އެދިފައި ވެއެވެ.

“ޒުވާނުން ހޫނުވާނީ އޭރުން، މާވަޑި ކައިރީ ހުރޭ ނިކުންނަށް މަ ބުނަންދެން”

މާލޭގައި މިހާރު ކުރިޔަށްގެންދާ މުޒާހަރާ ހޫނުވެ، މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަނިޔާކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، އެއްވުން ކުރިޔަށްގެންދަން ކުރިން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް، މަޖީދީމަގުން ކުރިޔަށްދާން ފެށުމާއި ގުޅިގެން އެގޮތަށް އަމަލުނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރުދީފައިވާނެކަމަށެވެ. ނަމަވެސް، އެކަމަށް އިޖާބަނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް ފުލުުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT