ADVERTISEMENT

28ee8c6b-2bb0-455c-a4a1-0830d6e81441

އެމްޑީޕީއަށް 12 ގޮނޑި ދެވުނީތީ ރައްޔިތުން ހިތާމަކުރޭ: ފަލާހު

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުން 12 ގޮނޑި ދެވުނީތީ ރައްޔިތުން ހިތާމަކުރާކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅި ގައުމު ދަރުވާލިކަމަށެވެ. އަދި ދެވަނަ ވެރިކަމުގައި ފަސް އަހަރު ތެރޭގައި 60 ބިލިއަން ރުފިޔާގެ ދަރަނި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާކަމަށެވެ.

“އާމްދަނީއެއް ހޯދާނެ އެއްވެސް ގޮތެއް ނޭންގެ. ދައުލަތުގެ ބަޖެޓު 35 މިލިއަނުން ފެށީ. ބަޖެޓް ނުމުނުއިރު، ހުރީ 45 ބިލިއަނާ ދޭތެރޭގަ. ފަސް އަހަރު ނިމުނުއިރު، އެތައް ބިލިއަން ރުފިޔާގެ ބަޖެޓަށް ކުރިކަމެއް ނޭންގޭ. ރާއްޖޭގެ ރަށްރަށުގެ ތަރައްގީ މަޝްރޫއުތައް ފަށާފައި ހުރީ ކޮންމެ މަޝްރޫއުއަކަށް ފަސް ޕަސެންޓު، ތިން ޕަސެންޓު، ގާތް ރައްޓެހިންނަށް ބޮޑު އަގުގައި ދީފައި، މަސައްކަތްތަކެއް ކުރިޔަކަށް ނުދޭ. ވެރިކަމުގެ ބޭނުމުގައި 2023 ވަނަ އަހަރު އަޅާލި ބިންގާތައް އެހެރީ ތިން ހާހަށް އަރާފަ. ހަތަރު އަހަރު ވެގެންދިޔައިރު އެއްވެސް ކަމެއް ނުކުރެވޭ.”ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުން އެންމެ 12 ގޮނޑި ލިބުނީވެސް މިފަދަ ސަބަބުތަކާއި ހުރެކަމަށެވެ. އެ 12 ގޮނޑި ދެވުންކަމަށްޓަކައި ރައްޔިތުން މިއަދު ހިތާމަކުރާކަމަށް ފަލާހު ވިދާޅުވި އެވެ. އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

“އެވަރުންވެސް ދައުލަތުގެ ބަޖެޓަށްވެސް ވޯޓެއް ދެވުނީކީ ނޫން. މިތާކުރާ މަސައްކަތަކަށް ރަނގަޅުކަމެއް ކުރަނީކީ ނޫން. ރަނގަޅު ހިޔާލެއް ދެނީކީ ނޫން، ރަނގަޅު މަޝްވަރާއެއް ދެނީކީ ނޫން. ރަނގަޅު ބިލެއް ހުށައަޅަނީކީ ނޫން. ރަަނގަޅު ބަހުސެއް ކުރަނީކީ ނޫން.” ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ބޭނުންވާނަަމަ، އެޕާޓީގެ މުޅި ލީޑަރޝިޕް ބަދަލުކުރަންޖެހެއެވެ. އެމްޑީޕީގެ ލީޑާޝިޕްގައި ތިބީ ކޮރަޕްޝަންގެ ކުށް ރައްޔިތުންނަށް ސާބިތުވެފައި ތިބި މީހުންކަމަށް ފަލާހު ވިދާޅުވިއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT