ADVERTISEMENT

feature-159

ނޮވެމްބަރުމަހުގެ ނިޔަލަށް ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކޮށް ނިމޭނެ: ހަމްދާން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށް އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 28 ވަނަ ދުވަހުގަ އެވެ. އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ. މި މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދު އެވެ. ތަޅުގަނޑި ހަވާލުކުރުމުގެ މަރުހަލާ އަދި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ އެވެ.

‘ހިރިޔާ’ އާ ވާހަކަދައްކަވަމުން އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވީ، ފްލެޓް ލިބޭ 14 މީހަކަށް މިހާތަނަށް ދަޅުދަނޑު ހަވާލުކޮށްފައިވާކަމަށެވެ. އަދި ފްލެޓް ލިބޭ އެންމެނަށް ތަޅުދަނޑި ހަވާލުކުރުން އަންނަ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އޭނަ ވިދާޅުވި އެވެ.

އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމެއް އެކޯޕަރޭޝަނުން ވަނީ ހަމަޖައްސާފަ އެވެ. އެ ހިދުމަތް ހޯދުމަށް މިއަދުން ފެށިގެން، ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިންގ ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ޖާގަ ބުކްކުރުމަށްފަހު އެ ސަރަޙައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބޭނެ އެވެ.

ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ “އަމާން އަތްމަތީ ފޮތް” ވެސް އިފްތިތާހުކޮށްފަ އެވެ. އަތްމަތީ ފޮތުގެ ޒަރިއްޔާއިން އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު އަދި އަގުހުރި އެތައް މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އެފްޑީސީން ބުނެ އެވެ. ޔުނިޓު ހަވާލުކުރުމާއި، އިމާރާތް ބޭނުންކުރުމުގެ އުސޫލުތައް އެފްޑީސީގެ ރަސްމީ ވެބްސައިޓުގައިވެސް ވަނީ ޝާއިއުކޮށްފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT