ADVERTISEMENT

425934_3_d8f91e8b44c5337b2245c8d0675513f445f92a47_large

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ވޭޕާއެކު ތިން ބެއިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ވޭޕާއެކު ތިން ބެއިން ހައްޔަރުކޮށްފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ، މިމަހުގެ 28 ވަނަ ދުވަހު ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުންނެވެ. އެއީ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުހައްމަދު (32އ) އާއި ނަޙުޒާން މުހައްމަދު (25އ) އަދި ނަބުހާން މުހައްމަދު (22އ) އެވެ.

މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111،880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން އާއި ނަހުޒާން، ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އަދި ނަބުހާން ވަނީ ތިން ދުވަހަށް ބަންދުކޮށްފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT