ADVERTISEMENT

e07e315a-7558-489b-b403-d0be8873d347

ވައްކަން ފަޅާއެރުމުން ސައީދަށް ގޯސްވީ އޮޑިޓް ރިޕޯޓް!

މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި އަހުމަދު ސައީދު ހުންނެވިއިރު، އެކުންފުނިން އުސުލުތަކާއި ހިލާފަށް އެތައް ކަމެއްކޮށް، ބިިލިއަނުން ގެއްލުން ވެފައިވާކަން ހާމަކޮށް ނެރުނު އޮޑިޓް ރިޕޯޓްގައި ހިމަނާފައިވަނީ ހަގީގަތާއި ހިލާފު މައުލޫމާތުކަމަށް ސައީދު ވިދާޅުވެއްޖެއެވެ.

އޮޑިޓް އޮފީހުން ވަނީ ފެނަކަ ކުންފުނީގެ 2021-2023 ގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައެވެ. މި ރިޕޯޓްގައި ވާގޮތުން އެ މުއްދަތުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނަތްތެރިވެފައި ވެއެވެ.

މިރިޕޯޓާއި ގުޅިގެން، ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވަމުންދާ މިދަނޑިވަޅުގައި ސައީދު ނެރުނު ބަޔާނެއްގައި ބުނީ، އެމަގާމާއި ހަވާލުވި ދުވަހުން ފެށިގެން މަގާމުން ވަކިވަންދެން، ކުންފުނީގެ ހުރިހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ކޮށްފައިވާނީ، އެންމެހައި އުސޫލުތަކާއި ގަވާއިދުތަކާއި އެއްގޮތަށްކަމަށެވެ. އުސޫލުތަކުގެ ބޭރުން އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް އަދި ކޮންޓްރެކްޓެއް ދީފައި ނުވާނެކަމުގެ ޔަގީންކަންދޭކަމަށް ބަޔާނުގައި ވެއެވެ.

ސައީދުގެ ބަޔާނުގައި ވަނީ، އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެކަމަށާއި، ނުހައްގު އެއްވެސް މަންފާއެއްވެސް ހޯދާފައި ނުވާނެކަމުގެ ޔަގީންކަންވެސް ދީފައެވެ.

“އަޅުގަނޑު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހޭދަކުރި 5 އަހަރު ދުވަހުގެ މުއްދަތުގައި ފެނަކައިން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އިންސާފުވެރިކަމާއެކު، ދެފުއް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި ބެލުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލަން. އަދި އެކަމަށްދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް އަޅުގަނޑު ދެން” ސައީދުގެ ބަޔާނުގައި ވެއެވެ.

ސައީދު ވިދާޅުވީ، އޮޑިޓް އޮފީސްފަދަ މިނިވަން މުސްތަގިއްލު މުއައްސަސާއަކުން އެފަދަ ރިޕޯޓެއް ނެރުނުއިރު، ކުންފުނިން ލިބެންހުރި ހަގީގީ މައުލޫމާތު ލިބެން ހުރެވެސް، އެ މައުލޫމާތުތައް ނުހޯދައި އަދި އޭނަ “ދުނިޔޭގައި ހުރިއިރު” އޭނަގެ ފަރާތުން އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ހޯދާފައިނުވާކަމަށެވެ.

“އަވަސް އަރުވާލައިގެން ވަކި މަގްސަދެއް ހާސިލްކުރުމަށް ހަގީގަތާއި ހިލާފު މައުލޫމާތުތައް ހިމަނައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި، ކަމުގެ ހަގީގަތް އޮޅޭގޮތަށް މިފަދަ ދަނޑިވަޅެއްގައި ރިޕޯޓްތައް ނެރުއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި މުއައްސަސާތަކުގެ މިނިވަންކަމާމެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނޭ ކަމެއްކަމުގައި ނޫނީ ނުވާނެއެވެ” ބަޔާނުގައި ބުންޏެވެ.

ސައީދު މިހެން ވިދާޅުވި ނަމަވެސް، ރިޕޯޓްގެ ކުރިންވެސް މިފަދަ އެތައް ކަމެއް ފެންމަތިވެ، އޭނަގެ މައްޗަށް ދައުވާތައްކޮށް ޝަރީއަތްތައް ދަނީ ހިންމުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT