ADVERTISEMENT

2fc1d8e2-ef18-4d30-a8c4-b9fe38cdc431

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އި ކައުންސިލް ހައްދާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުކަމަށެވެ.

މި ކައުންސިލް އުފައްދާފައިވަނީ، “މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން” ތަސައްވުރު ގާއިމުކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފަިއވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ފަހިކޮށްދީ، ލަފާދީ، އެ މަސައްކަތްތައް ބެލެހެއްޓުމުގެ މްގަސަދުގައެވެ.

މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަ ވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި، ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.

މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ހިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ހިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެކަަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT