ADVERTISEMENT

G1NPOjObgAEIFOy

ފުލިދޫ ހެލްތު ސެންޓަރުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ވ.ފުލިދޫ ހެލްތް ސެންޓަރުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފުލިދޫގައި މި މަޝްރޫއު ފަށާފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅު ހިމެނޭގެން ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފުލިދޫ އަކީ އެމަނިކުފާނުގެ ފުރަތަމަ މަންޒިލެވެ.

ފުލިދޫ ހެލްތް ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ(އެމްޓީސީސީ)އާއެވެ.

މި މަޝްރޫއުގެ ދަށުން 15،650 އަކަ ފޫޓުގެ ސަރަހަށްދެއްގައި ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެއިތުރުން ބިންގަނޑު ކޮނުމާއި މެޝިނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، މެޑިކަލް ގޭސް ސެންޓަަރެއް ހަރުކުރާނެއެވެ. އަދި އަލިފާން ނިއްވާ ސިސްޓަމެއްވެސް ހަރުކުރާނެއެވެ.

މިއީ 27 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއުއެކެވެ.

ފުލިދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވާއިރު، އެ ރަށު ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި މަސައްކަތްވެސް ކުރަނީ އެމްޓީސީސީންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT